ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ކޮމިޓީގެ މިއަހަރުގެ 8 ވަނަ ބައްދަލުވުން ބާއްވައިފި

ރައްޔިތުންގެ މަޖިލީހުގެ ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ކޮމިޓީގެ މިއަހަރުގެ އަށްވަނަ ބައްދަލުވުން މިއަދު 15:00 ން 16:00 އަށް ބާއްވައިފިއެވެ.

މިއަދުގެ ބައްދަލުވުމުގައި މެންބަރުން ޤާނޫނުލް އުޤޫބާތުގެ ބިލުގެ 1005 ވަނަ މާއްދާއިން 1006 ވަނަ މާއްދާގެ ނިޔަލަށް ބަލާ ދިރާސާކުރެއްވިއެވެ. އަދި ބިލުގެ ބައެއް މާއްދާތައް އިތުރަށް ސާފުކުރެއްވުމުގެ ގޮތުން ޕްރޮސެކިއުޓަރ ޖެނެރަލްގެ ނައިބު ހުސެއިން ޝަމީމު މިއަދުގެ ކޮމިޓީގައި ބައިވެރިވަޑައިގަންނަވައި ލަފާފުޅު އެރުއްވިއެވެ.

ކޮމިޓީއަށް ހާޒިރުވި މެންބަރުންނަކީ ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދް، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުޙައްމަދު އަދި ބިލެއްދޫ ދާއިރާގެ މެންބަރު އަޙުމަދު ހަމްޒާ އަދި އެވެ. ކޮމިޓީއަށް ވަޑައިނުގަންނަވާ މެންބަރުންނަކީ އުނގޫފާރު ދާއިރާގެ މެންބަރު އަފްރަޝީމް ޢަލީ، ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމްޢަބްދުﷲ އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއެވެ.