މިނިވަން މުވައްސަސާތަކުގެ ކަންތައްތަކާ ބެހޭ ކޮމިޓީގެ 12 ވަނަ ބައްދަލުވުން ބާއްވައިފި

ހެއްކާ ބެހޭ ބިލާއި ގުޅޭގޮތުން ޚިޔާލު ހޯއްދެވުމައްޓަކައި، މިނިވަން މުވައްސަސާތަކުގެ ކަންތައްތަކާ ބެހޭ ކޮމިޓީގެ 21 ވަނަ ބައްދަލުވުން މިއަދު   11:15އިން  12:30 އަށް ބާއްވައިފިއެވެ.

މިބައްދަލުވުމުގައި ހެއްކާބެހޭ ބިލަށް ކުރިމަތިވެފައިވާ މަދަނީ، ޖިނާޢީ އަދި އިސްތިއުނާފީ މައްސަލަތަކާއި ބެހޭގޮތުން ގޮތެއް ނިންމެވުމަށްޓަކައި ކުރެއްވި މަޝްވަރާގައި، ކަމާބެހޭ ފަރާތްތަކުގެ ލަފާ އިތުރަށް ހޯއްދެވުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި، ހައިކޯޓާއި، ކްރިމިނަލް ކޯޓާއި، ސިވިލް ކޯޓާއި، ޖުވެނައިލް ކޯޓު އަދި ފެމިލީ ކޯޓުގެ އިސް ބޭފުޅުން ހާޒިރުވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ކޮމިޓީގެ މުޤައްރިރު ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، މަޑުއްވަރީ ދާއިރާގެ މެންބަރު ވިސާމް ޢަލީ، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ، އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ، ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު، ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖުތާޒް، ކަނޑިތީމު ދާއިރާގެ މެންބަރު މުޙަންމަދު ޙުސައިން، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، މުލަކު ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްއެވެ.