ކޮމަންވެލްތުން ދިވެހިރާއްޖެ ވަކިވުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމުގެ ގޮތުން އެ ބިލުގެ ސުރުހީ މަޖިލީހަށް އިއްވަވައިފި

މިއަދު ކުރިއަށް ގެންދެވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 9 ވަނަ ޖަލްސާގައި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، ކޮމަންވެލްތުން ދިވެހިރާއްޖެ ވަކިވުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމުގެ ގޮތުން އެ ބިލުގެ ސުރުހީ މަޖިލީހަށް އިއްވަވައިފިއެވެ.

މީގެއިތުރުން ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު ހުށަހަޅުއްވާފައިވާ، އެއްވެއުޅުމުގެ މިނިވަންކަމުގެ ބިލުގެ އިބްތިދާއީ ބަހުސް މިއަދު ނިންމަވާލައްވާފައިވެއެވެ. މިއަދުގެ ޖަލްސާގައި މި ބިލަށް ޖުމްލަ 12 މެންބަރުން ބަހުސް ކުރައްވާފައިވެއެވެ.

މިއަދުގެ ޖަލްސާގައި ރިޔާސަތު ބަލަހައްޓަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ނާއިބް އަހްމަދު ނާޒިމް އަދި ވެލިދޫ ދާއިރާގެ މެންބަރު ޢަލީ މުޙަންމަދު އެވެ.

30 ރަޖަބު 1433

20 ޖޫން 2012