މާލިއްޔަތު ކޮމިޓީގެ ސަބް-ކޮމިޓީގެ 4 ވަނަ ބައްދަލުވުން މިއަދު ބާއްވާފައިވަނީ 15:00 ން 16:05 އަށެވެ.
މި ބައްދަލުވުމުގައި 2012 ވަނަ އަހަރު މަސްވެރިންނަށް ސަބްސިޑީގެ ގޮތުގައި ދިނުމަށް 2012 ވަނަ އަހަރުގެ ބަޖެޓްގައި ކަނޑައަޅާފައިވާ 100 މިލިއަން ރުފިޔާ މަސްވެރިންނަށް ދެވޭނެ އުޞޫލު ކަނޑައަޅުއްވާފައިވާ ގޮތް ބެއްލެވުމަށް މިނިސްޓްރީ ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވާ މަޝްވަރާކުރައްވާފައިވެއެވެ. އެގޮތުން އެ މިނިސްޓްރީއިން ކޮމިޓީއަށް ހާޒިރުވެވަޑައިގަތީ ޑިރެކްޓަރ އައިމިނަތު ނާޒިމާ އާއި އެސިސްޓެންޓް ޑިރެކްޓަރ އަބްދުﷲ ޖައުފަރެވެ.
މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު، ސަބްސިޑީ ދިނުމަށް ކަނޑައަޅުއްވާފައިވާ އުސޫލު މުޠާލިޔާ ކުރުމުގެ މަސައްކަތް ފައްޓަވާފައިވެއެވެ.
ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ މުޤައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒް، ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފް އަދި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދުއެވެ.