ޤާނޫނީ އަދަދު ހަމަނުވެގެން މިއަދުގެ ޖަލްސާ ނިންމަވާލައްވައިފި

މިއަދު ކުރިއަށް ގެންދެވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 8 ވަނަ ޖަލްސާގެ މެންދުރުފަހު ދަންފަޅީގެ ޤާނޫނީ އަދަދު ހަމަނުވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 37 ވަނަ މާއްދާގެ (ށ) ގެ ދަށުން ޖަލްސާ ނިންމަވާލައްވައިފިއެވެ.

މިއަދުގެ މެންދުރުފަހު ދަންފަޅީގެ ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވީ 19 މެންބަރުންނެވެ.

މަޖިލީހުގެ ގަވާއިދުގެ 37 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށްގެންދިޔުމަށް ބޭނުންވާ ޤާނޫނީ އަދަދުކަމުގައި ބަލާނީ، މަޖިލީހުގެ މެންބަރުންގެ 25 އިންސައްތަ އެވެ.

މިއަދުގެ ޖަލްސާގައި ޤާނޫނީ އަދަދު ހަމަނުވުމާ ގުޅިގެން ޖުމްލަ 6 ފަހަރު މެދުކަނޑާލާފައިވެއެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 20 ޖޫން 2012 ވާ ބުދަދުވަހު ހެންދުނު 09:00 ޖަހާއިރު މަޖިލީސްކުރާގޭގަ އެވެ.

29 ރަޖަބު 1433

19 ޖޫން 2012