ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސް ނިންމަވާލައްވައިފި

މިއަދު ކުރިއަށް ގެންދެވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 8 ވަނަ ޖަލްސާގައި އުނގޫފާރު ދާއިރާގެ މެންބަރު އަފްރާޝީމް ޢަލީ ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސްގެ މަރުހަލާ ނިންމަވާލައްވައިފިއެވެ.

މި ބިލުގެ ބަހުސަށް ފަހު ކުރިއަށް ގެންދެވީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2010/8 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސެވެ.

މިއަދުގެ މެންދުރުފަހު ދަންފަޅީގެ ޤާނޫނީ އަދަދު ހަމަނުވުމާ ގުޅިގެން ޖަލްސާ ވަނީ ގަވާއިދުގެ 37 ވަނަ މާއްދާގެ (ށ) ގެ ދަށުން 14:30 އަށް ފަސްކުރެވިފައެވެ.

29 ރަޖަބު 1433

19 ޖޫން 2012