ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމުގެ ބިލު ދިރާސާކުރައްވާ ނިންމަވާނެ ސުންގަޑި ކަނޑައަޅުއްވައިފި

ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމުގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ކޮމިޓީގެ ދެވަނަ ބައްދަލުވުން  މިއަދު ހެނދުނު 11:10 ން 11:15 ށް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި ކޮމިޓީގެ ކޯރަމާއި މެދު މެންބަރުން މަޝްވަރާކުރެއްވިއެވެ. މިގޮތުން ކޮމިޓީގެ ކޯރަމް ތިން މެންބަރުންނަށް ބަދަލުކުރައްވާ ކޮމިޓީގެ ހިންގުމުގެ ގަވާއިދު އެގޮތަށް އިޞްލާޙުކުރެއްވުމަށް ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ ހުށަހަޅުއްވާ މަރަދޫ ދާއިރާގެ މެންބަރު ހަސަން އާދިލް ތާއިދުކުރެއްވި ހުށަހެޅުން ފާސްވިއެވެ.

މީގެ އިތުރުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ ބިލުގެ މަސައްކަތް ނިންމުމުގެ ސުންގަޑިއަކީ 19 ޖުލައި 2012 ކަމުގައި ހުށަހަޅުއްވާ އަލިފުށީ ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް ތާއިދުކުރެއްވި ހުށަހެޅުންވެސް ފާސްކުރައްވާފައިވެއެވެ.

މިއަދު ބޭއްވުނު މިކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު، އަލިފުށީ ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ، ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމް އަދި މަރަދޫ ދާއިރާގެ މެންބަރު ހަސަން އާދިލްއެވެ. ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާޤް މުފީދު ކޮމިޓީއަށް ވަޑައެއްނުގަންނަވައެވެ.

29 ރަޖަބު 1433

19 ޖޫން 2012