މުޅި މަޖިލީހުގެ ކުޑަ ކޮމިޓީގެ ތިންވަނަ ބައްދަލުވުމުގައި ފަރުދުންގެ އާމްދަނީން ޓެކްސް ނެގުމުގެ ބިލު ދިރާސާކުރެއްވުން މިއަދު މެންދުރުފަހު 14:10 ން 14:41 ށް ކުރިއަށްގެންގޮސްފިއެވެ.
މިގޮތުން ފަރުދުންގެ އާމްދަނީން ޓެކްސް ނެގުމުގެ ބިލާގުޅޭގޮތުން ކޮމިޓީއަށް ފޮނުއްވާފައިވާ ހިޔާލުތަކުގެ މައްޗަށް ރިޢާޔަތްކޮށް މަޝްވަރާކުރެއްވުމަށްފަހު، މިބިލުގެ 33 ވަނަ މާއްދާއިން ފެށިގެން 37 ވަނަ މާއްދާއާއި ހަމައަށް ބައްލަވާ ނިންމެވިއެވެ.
މުޅި މަޖިލީހުގެ ކުޑަ ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ މުޤައްރިރުގެ މާމިނގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް، ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު ޒުބައިރު، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މަޢުޞޫމު، އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް އަދި ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމްއެވެ.
ކޮމިޓީއަށް ވަޑައިނުގަންނަވާ މެންބަރުންނަކީ ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲއެވެ.
ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙަންމަދު ޞާލިޙް ހުންނެވީ މަޖިލީހުގެ ދަތުރުފުޅެއްގައި ރާއްޖެއިންބޭރުގައެވެ.
28 ރަޖަބު 1433
18 ޖޫން 2012