މަޖިލީހުގެ ނިޒާމު ގެއްލުމާއިގުޅިގެން ޖަލްސާ ފަސްކުރައްވައިފި

މިއަދު  ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ހަތްވަނަ ޖަލްސާ ކުރިއަށް ގެންދެވެން ނެތް މިންވަރަށް މަޖިލީހުގެ ނިޒާމް ގެއްލުމާއި ގުޅިގެން މަޖިލީހުގެ ޖަލްސާ 11:00 އަށް ރިޔާސަތުން ފަސްކުރައްވައިފިއެވެ.

މިއަދުގެ ޖަލްސާގެ ނިޒާމް ގެއްލުނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަޙުމީ ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 145 ވަނަ މާއްދާއާއި 149 ވަނަ މާއްދާގެ ދަށުން ހުށަހެޅުއްވި ކުއްލި މައްސަލަ ރިޔާސަތުން ބަލައިގަންނަން ފެނިވަޑައިގަންނަވާ މައްސަލައެއް ނޫންކަމަށް ނިންމެވުމާއި ގުޅިގެންނެވެ.

28 ރަޖަބު 1433

18 ޖޫން 2012