ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ކޮމިޓީގެ މިއަހަރުގެ 7 ވަނަ ބައްދަލުވުން ބާއްވައިފި

ރައްޔިތުންގެ މަޖިލީހުގެ ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ކޮމިޓީގެ މިއަހަރުގެ ހަތްވަނަ ބައްދަލުވުން މިއަދު 14:00 ން 15:00 އަށް ބާއްވައިފިއެވެ.

މިއަދުގެ ބައްދަލުވުމުގައި މެންބަރުން ޤާނޫނުލް އުޤޫބާތުގެ ބިލުގެ 1005 ވަނަ މާއްދާ ބަލާ ދިރާސާކުރެއްވިއެވެ. އަދި ބިލުގެ ބައެއް މާއްދާތައް އިތުރަށް ސާފުކުރެއްވުމުގެ ގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ނައިބު އަލްއުސްތާޛް ހުސެއިން ޝަމީމު މިއަދުގެ ކޮމިޓީގައި ބައިވެރިވަޑައިގަންނަވައި ލަފާފުޅު އެރުއްވިއެވެ.

ކޮމިޓީއަށް ހާޒިރުވި މެންބަރުންނަކީ ، އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް އަލީ، ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދް، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އަދި ބިލެއްދޫ ދާއިރާގެ މެންބަރު އަޙުމަދު ހަމްޒާއެވެ.

23 ރަޖަބު 1433

13 ޖޫން 2012