ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސް މިއަދުވެސް ކުރިއަށް ގެންދަވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ފަސްވަނަ ޖަލްސާގައި އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް ޢަލީ ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސް ކުރިއަށް ގެންދަވައިފިއެވެ.

މިއަދަކީ މިބިލުގެ ބަހުސް ކުރިއަށް ގެންދެވުނު ހަތަރުވަނަދުވަހެވެ. މިއަދުގެ ޖަލްސާ ހުސްވަގުތުކޮޅާ ހަމައަށް މެދުކަނޑާލެއްވިއިރު 17 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.

މިބިލު ހުށަހަޅުއްވާފައިވާ މަޤްޞަދުގެ ތެރޭގައި ޤާނޫނު ނަންބަރ 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު)ގެ 26 ވަނަ މާއްދާގެ ދަށުން، ޝަރަފްވެރިކަމާއެކު ފަނޑިޔާރުކަމުން ވަކިވާ މީހުންނަށް ކަނޑައަޅާފައިވާ ޚާއްޞަ ޢިނާޔަތާއި އިމްތިޔާޒުތަކުގައި ފަނޑިޔާރުންގެ މަޤާމުން ކުށަކާނުލައި ވަކިވާ ކޮންމެ ފަނޑިޔާރަކު ޝާމިލްވާގޮތަށް ބަދަލުކުރުން ހިމެނެއެވެ.

 

22 ރަޖަބު 1433

13 ޖޫން 2012