މިމަހުގެ 15 ން 17 އަށް ބްރެސިލްގެ ރިއޯ ޑި ޖެނީރޯގައި ކުރިއަށްގެންދާ “ދަ ވަރލްޑް ސަމިޓް އޮފް ލެޖިސްލޭޓަރސް 2012” ގައި ބައިވެރިވަޑައިގަތުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު، ރޭ ފުރާވަޑައިގެންފިއެވެ.
މިދަތުރުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުރުން، މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙަންމަދު ޞާލިޙް އާއި ކެންދޫ ދާއިރާގެ މެންބަރު އަޙްމަދު ތަސްމީން ޢަލީ ބައިވެރިވަޑައިގަންނަވައެވެ.
ދަ ވާރލްޑް ސަމިޓް އޮފް ލެޖިސްލޭޓަރސް 2012 އަކީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް މިމަހުގެ 20ން 22 އަށް ބާއްވާ ރިއޯ +20 ސަމިޓަށް ހިތްވަރުދެއްވުމުގެ ގޮތުންނާއި ދުނިޔޭގެ އެކި ޤައުމުތަކުގައި ސަރުކާރު ހިންގުމުގެ މައްސޫލިއްޔަތު ހަރުދަނާކުރެވުމަށްޓަކައި ޤާނޫނު ހަދާ މަޖިލީހުގެ ރައީސުންނާއި މެންބަރުން މަޝްވަރާކުރެއްވުމަށް ބާއްވާ ޖަލްސާއެކެވެ.
22 ރަޖަބު 1433
13 ޖޫން 2012