ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރުންނަށް ދެވޭ މުސާރައާއި ޢިނާޔަތްތައް ކަނޑައެޅުމުގެ މައްސަލަ ނިންމަވާނެ ސުންގަޑި އިޢުލާނުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 128 ވަނަ މާއްދާގައިވާ ގޮތުގެމަތިން މާލިއްޔަތު ކޮމިޓީއިން ފޮނުއްވާފައިވާ  ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރުންނަށް ދެވޭ މުސާރައާއި ޢިނާޔަތްތައް ކަނޑައެޅުމުގެ މައްސަލައިގެ ސުންގަޑިއަކީ 20 ޖޫން 2012 ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު އިޢުލާންކުރައްވައިފިއެވެ.

މިކަން އިޢުލާންކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ފަސްވަނަ ޖަލްސާގައި ރިޔާސަތުން އަންގާ އެނގުމެއްގެ ގޮތުގައެވެ. މީގެއިތުރުން މަޖިލީހުގެ ކޮމިޓީތަކުގައި މިހާރުވާ މައްސަލަތަކުގެ ތެރެއިން ސުންގަނޑި ފާއިތުވެފައިވާ މައްސަލަތައް އަލުން ކޮމިޓީގެ މުޤައްރިރުން ދިރާސާކުރެއްވުމަށްފަހު އެ މަސައްކަތް ނިންމަވާދެއްވާނެ ތާރީޚު އަންގަވާދެއްވުމަށް މަޖިލީހުގެ ރައީސް އެދިވަޑައިގެންނެވިއެވެ.

22 ރަޖަބު 1433

12 ޖޫން 2012