ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ އަލްފާޟިލް މުޙައްމަދު ނަޝީދު، ރިޔާސީ ވެރިކަމުގައި ޤާނޫނުއަސާސީ އާއި ޤާނޫނާ ޚިލާފުވެފައިވާ ކަންކަން ބަލައި ތަޙްޤީޤުކޮށް ދިނުމަށް އެދި، ހުށަހެޅުއްވި ޤަރާރަށް ބަހުސް ކުރިއަށްގެންދަވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ފަސްވަނަ ޖަލްސާގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ އަލްފާޟިލް މުޙައްމަދު ނަޝީދު / ގ. ކެނެރީގެ، ރިޔާސީ ވެރިކަމުގައި ޤާނޫނުއަސާސީ އާއި ޤާނޫނާ ޚިލާފުވެފައިވާ ކަންކަން ޤާނޫނުއަސާސީގެ 99 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ލިބިދޭ ބާރުގެ ދަށުން ބަލައި ތަޙްޤީޤުކޮށް ދިނުމަށް އެދި، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 142 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އެގަވައިދުގެ 144 ވަނަ މާއްދާގެ ދަށުން ހުށަހެޅުއްވި ޤަރާރަށް ބަހުސްކުރިއަށް ގެންދަވައިފިއެވެ.

ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު މިހުށަހެޅުއްވި ޤާރާރަށް މިއަދުގެ ޖަލްސާގައި 10 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.

 

22 ރަޖަބު 1433

12 ޖޫން 2012