ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުން މިއަދު 13:45 ން 14:00 ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި، ޤާނޫނު އަސާސީގެ 129 ވަނަ މާއްދާގެ (ރ)ގެ ދަށުން ރައްޔިތުންގެ މަޖިލިހުގެ ރުހުން ހޯއްދެވުމަށްޓަކައި، ރައްޔިތުން މަޖިލީހަށް ފޮނުއްވާފައިވާ ވަޒީރުންގެ މަޖިލީހުގެ 04 ބޭފުޅުންނަށް ރުހުންދިނުމުގެ މައްސަލައިގައި، ސަރުކާރު މައްސޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މެންބަރުން ވޯޓު ނެންގެވިއެވެ.
މިބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ ކޮމިޓީގެ މުޤައްރިރުގެ ނާއިބު ވިލުފުށި ދާއިރާގެ މެންބަރު ރިޔާޟް ރަޝީދު، ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމް، ކުރެންދޫ ދާއިރާގެ މެންބަރު އަޙްމަދު މޫސާ، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު، ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ، މަޑަވެލި ދާއިރާގެ މެންބަރު މުޙަންމަދު ނާޒިމް، މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް، މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަޙްމަދު ދީދީ، ފޭދޫ ދާއިރާގެ މެންބަރު އަލްޙާން ފަޙުމީ އަދި ގެމަނަފުށި ދާއިރާގެ މެންބަރު އަލްފާޟިލް އިލްހާމް އަޙްމަދު އެވެ.