އިޖްތިމާޢީ ކޮމިޓީގެ ސަބް-ކޮމިޓީ 3 ގެ މިއަހަރުގެ 1 ވަނަ ބައްދަލުވުން ބާއްވައިފި

އިޖްތިމާޢީ ކޮމިޓީގެ ސަބް-ކޮމިޓީ 3 ގެ މިއަހަރުގެ 1 ވަނަ ބައްދަލުވުން މިއަދު 11:15 ގައި ބާއްވައިފި.

މި ބައްދަލުވުމުގައި ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤާނޫނަށް އިޞްލާޙްގެނައުމުގެ ބިލު ދިރާސާކުރެއްވުމުގެ މަސައްކަތް ކުރައްވާފައިވެއެވެ.

ބައްދަލުވުމަށް ހާޒިރުވެފައިވަނީ މާވަށު ދާއިރާގެ މެންބަރު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު، މަނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޠާރިޤް އަދި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބްއެވެ.