ޤައުމީތަރައްޤީގެ ކޮމިޓީގެ މިއަހަރުގެ 3 ވަނަ ބައްދަލުވުން މިއަދު ބާއްވައިފި

ޤައުމީތަރައްޤީގެ ކޮމިޓީގެ މިއަހަރުގެ 3 ވަނަ ބައްދަލުވުން މިއަދު ހެނދުނު 11:15 ން  12:08 ށް ބާއްވައިފިއެވެ.

މިބައްދަލުވުމުގައި ބިލުތަކާއި މައްސަލަތަކުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތާއި ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމާއި ޤައުމީ ތަރައްޤީ ކޮމިޓީއަށް ލިބިފައިހުރި ބިލުތަކާއި މައްސަލަތަކުގެ ތަފްސީލާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.

މިގޮތުން 24 އޭޕްރިލް 2012 ގައި ޖަމިޔަތުލް ސަލަފްގެ ފަރާތުން ފޮނުވާފައިވާ ސިޓީއަކަށް ޖަވާބު ދިނުމާއި، އަދި 4 ޖޫން 2012 “ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ޓްރޭޑް އިން އެންޑެންޖަރޑް ސްޕީޝީޒް އޮފް ވައިލްޑް ފައުނާ އެންޑް ފްލޯރާ (ސައިޓީސް)” ގައި ދިވެހިރާއްޖެއިން ފުރިހަމަ މެންބަރެއްގެ ގޮތުގައި ބައިވެރިވުމުގެ މައްސަލައާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފޮނުވާފައިވާ ސިޓީ ފުޅަކަށް މަޝްވަރާކުރެވުނެވެ.

މިކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންނަކީ މުޤައްރިރު ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ، ވިލިމާފަންނު ދާއިރާގެ މެންބަރު އަޙްމަދު ނިހާން ހުސެން މަނިކު، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މައުސޫމް، އިނގުރައިދޫ ދާއިރާގެ މެންބަރު ޙަމްދޫން ޢަބްދުﷲ ޙަމީދު، ތިނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޤަސަމް، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރު، ކޮމަންޑޫ ދާއިރާގެ މެންބަރު ޙުސައިން ވަޙީދު އަދި ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދުއެވެ.