ރައްޔިތުންގެ މަޖިލީހުގެ 2012 ވަނަ އަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާ މާދަމާ އޮންނާނެ

އްޔިތުންގެ މަޖިލީހުގެ ޤަވައިދުގެ 16 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން، ރައްޔިތުންގެ މަޖިލީހުގެ 2012 ވަނަ އަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާ މާދަމާ (4 ޖޫން 2012 ވާ ހޯމަ ދުވަހު) 09:00 ގައި ރައްޔިތުންގެ މަޖިލީހުގެ ގޭގައި އޮންނާނެއެވެ.

މިޖަލްސާއަށް އެޖެންޑާކުރެވިފައިވަނީ ރައީސްގެ މޭޒުން ހުށަހަޅާ 4 ކަމަކާއި ނުނިމިހުރި 7 މަސައްކަތެއްގެ ބަހުސް ކުރިއަށް ގެންދެވުމާއި ކޮމިޓީތަކުން ހުށަހަޅާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ރިޕޯޓުގެ ބަހުސް ކުރިއަށް ގެންދެވުމެވެ.

13 ރަޖަބު 1433

3 ޖޫން 2012