5 ވަނަ އިންޓަރނޭޝަނަލް ޕާލިމަންޓޭރިއަންސް ކޮންފަރެންސް އޮން ދަ އިމްޕްލިމެންޓޭޝަން އޮފް ދަ އައި.ސީޕީ.ޑީ ގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ބައިވެރިވެވަޑައިގެންފި

މިމަހު 23 ން 26 ށް، ތުރުކީގެ ވެރިރަށް އިސްތަންބޫލްގައި ބޭއްވުނު 5 ވަނަ އިންޓަރނޭޝަނަލް ޕާލިމަންޓޭރިއަންސް ކޮންފަރެންސް އޮން ދަ އިމްޕްލިމެންޓޭޝަން އޮފް ދަ އައި.ސީޕީ.ޑީ (އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ޕޮޕިއުލޭޝަން ޑިވެލޮޕްމަންޓް)ގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަލްފާޟިލް ޢަބްދުﷲ ޢަބްދުއްރަޙީމް ބައިވެރިވެވަޑައިގަންނަވައިފިއެވެ.

މިކޮންފަރެންސްގައި، ދުނިޔޭގެ 107 ޤައުމުގެ ޤާނޫނުހަދާމަޖިލީހުގެ 200 މެންބަރުން، ދަރިމައިވުމުގެ ސިއްޙަތާއި އަންހެނުންނާއި އަންހެން ކުދިންގެ ހައްޤުތައް ރައްކާތެރިކުރުމަށްދޭ އަހަމިއްޔަތާބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި މިކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވި ޤާނޫނުހަދާ މަޖިލިސް ތަކުގެ މެންބަރުންގެ މެދުގައި، މިބައްދަލުވުމުން ހާޞިލްކުރެވުނު ލަނޑުދަޑިތައް ބަޔާންކުރެވިފައިވާ ޤަރާރެއް އެކުލަވާލެވި،  މި ޤަރާރު އަންނަ ޖުލައިމަހު ލަންޑަންގައި ބޭއްވުމަށް ހަމަޖެހިފައިވާ ގްލޯބަލް ފެމިލީ ޕްލޭނިންގ ސަމިޓްގައި ހުށަހެޅުމަށްވަނީ ތައްޔާރުކުރެވިފައެވެ.