އިޤްތިޞާދީ ކޮމިޓީގެ މެންބަރުންގެ ވަފްދެއް ޗައިނާއަށް ފުރާވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީގެ މެންބަރުންގެ ވަފްދެއް އިއްޔެ ޗައިނާއަށް ފުރާވަޑައިގެންފިއެވެ. މިއީ މިމަހުގެ 25 ގެ ނިޔަލަށް ޗައިނާގެ ޤާނޫނު ހަދާ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީ އާ ބައްދަލުކުރަން ކުރައްވާ ދަތުރެކެވެ.

މިދަތުރުގައި ބައިވެރިވެވަޑައިގަންނަވާ މެންބަރުންނަކީ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް އާއި މަރަދޫ ދާއިރާގެ މެންބަރު ޙަސަން އާދިލް އާއި މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު އާއި މަޑުއްވަރީ ދާއިރާގެ މެންބަރު ވިސާމް ޢަލީ އާއި ތިނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޤަސަމް އެވެ. މީގެއިތުރުން މަޖިލީހުގެ ޑިރެކްޓަރ އެކައުންޓްސް އަޙްމަދު ފާއިޒް މުޙަންމަދު އާއި ލީގަލް އޮފިސަރ އަޙްމަދު ނާޒިމް މުޙައްމަދު ބައިވެރިވެވަޑައިގަންނަވައެވެ.

30 ޖުމާދުލްއާޚިރު 1433

21 މެއި 2012