ރައްޔިތުންގެ މަޖިލީހުގެ ސުލޫކުގެ ގަވާއިދު، ސުލޫކު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓަށް ވޯޓަށް އައްސަވައި ފާސްނުވުމުން، އަލުން އަނބުރާ މިމައްސަލަ ކޮމިޓީއަށް ފޮނުއްވުމަށް ފާސްކުރައްވައިފި

ރައްޔިތުންގެ މިއަހަރުގެ މިދައުރުގެ 14 ވަނަ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ ސުލޫކުގެ ގަވާއިދު، ސުލޫކު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓަށް ވޯޓަށް އައްސަވައި ފާސްނުވުމުން، އަލުން އަނބުރާ މިމައްސަލަ ކޮމިޓީއަށް ފޮނުއްވުމަށް 47 މެންބަރުން ޢިއްތިފާގުން ފާސްކުރައްވައިފިއެވެ.

ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން މަޖިލީހުގެ ސުލޫކުގެ ގަވައިދު ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސުލޫކުގެ ގަވައިދު ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައި އަޢްލަބިއްޔަތު ބޭނުންވެއެވެ. އެއީ އެގަވައިދުގައި މެންބަރުންގެ މުސާރައިން ކެނޑުމުގެ އުސޫލުތަކެއް ހިމަނާފައިވާތީއެވެ.

 

9 ޖުމާދަލްއާޚިރު 1433

30 އޭޕްރިލް 2012