އިމްތިޔާޒްކޮމިޓީގެ 7 ވަނަ ބައްދަލުވުން މިއަދު ބާއްވައިފި

އިމްތިޔާޒްކޮމިޓީގެ 7 ވަނަ ބައްދަލުވުން މިއަދު މެންދުރުފަހު 14:07 ން 14:12 އަށް ބާއްވައިފި އެވެ.

މިބައްދަލުވުމުގައި ކުރިއަށް ގެންދެވީ ކޮމިޓީއަށް އިތުރަށް އައިސްވާ މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމެވެ. މަސަލަތަކާ ގުޅޭގޮތުން އިތުރަށް މަޝްވަރާ ކުރެއްވުން ދެން އޮންނަ ކޮމިޓީ ބައްދަލުވުމެއްގައި ކުރިއަށް ގެންދިއުމަށް ނިންމަވައި، ބައްދަލުވުން މިއަދަށް ނިންމަވާލެއްވިއެވެ.

  މިބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ މަތިވެރި ދާއިރާގެ މެންބަރު ޙުސައިން މުޙަންމަދު، ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙުސިން ޙަމީދު، ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު، ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނަޢީމް، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަޙުމީ، މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާ،  ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒް އަދި ގައްދޫ ދާއިރާގެ މެންބަރު ޒާހިރު އާދަމްއެވެ.

ކޮމިޓީއަށް ވަޑައިނުގަންނަވާ މެންބަރުންނަކީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު، އުގޫފާރު ދާއިރާގެ މެންބަރު އަފްރާޝީމް ޢަލީ އަދި ގައްދޫ ދާއިރާގެ މެންބަރު ޒާހިރު އާދަމްއެވެ.

 

9 ޖުމާދަލްއާޚިރު 1433

30 އޭޕްރިލް 2012