ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 29 ވަނަ މާއްދާއަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޚްލޫފް ހުށަހަޅުއްވާފައިވާ އިޞްލާޙު ދިރާސާކުރެއްވުމަށްފަހު ކޮމިޓީން ނިންމެވިގޮތުގެ ރިޕޯޓަށް މިއަދު ބަހުސް ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 29 ވަނަ މާއްދާއަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޚްލޫފް ހުށަހަޅުއްވާފައިވާ އިޞްލާޙު ދިރާސާކުރެއްވުމަށްފަހު ކޮމިޓީން ނިންމެވިގޮތުގެ ރިޕޯޓަށް 2012 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 13 ވަނަ ޖަލްސާގައި މިއަދު ބަހުސް ކުރައްވައިފިއެވެ.

މިރިޕޯޓް މަޖިލީހަށް ހުށަހަޅުއްވައިދެއްވީ ކޮމިޓީގެ ނައިބު މުޤައްރިރު، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރު އެވެ. މިރިޕޯޓުގެ ބަހުސްގެ މަރުހަލާގައި މިއަދު ޖުމްލަ 4 މެންބަރުން ވާހަކަ ދައްކަވާފައިވެއެވެ.

މިރިޕޯޓަކީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ށ) (ނ) އަދި (ރ) އިސްލާޙްކުރެއްވުމަށާއި އެ މާއްދާގެ (ރ) ގެ ފަހަތަށް އަކުރެއް އިތުރުކުރުމަށް އެދިވަޑައިގެން ހުށަހަޅުއްވާފައިވާ އިސްލާޙެކެވެ. މި އިސްލާޙް ކޮމިޓީއަށް ހުށަހަޅުއްވާފައިވަނީ 30 ނޮވެމްބަރ 2011 ގައެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 30 އޭޕްރީލް 2012 ވާ ހޯމަދުވަހު ހެނދުނު 9:00 ގައެވެ.

4 ޖުމާދަލްއާޚިރު 1433

25 އޭޕްރިލް 2012