މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން މިއަދު ހެނދުނު 09:30 ން 10:45 އަށް ބާއްވައިފިއެވެ.
މިބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާއި ގުޅޭގޮތުން އިތުރަށް މަޢުލޫމާތު ހޯއްދެވުމަށް އެޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހީމް އާއި އެޑިޓަރ ޖެނެރަލްގެ އޮފީހުގެ ކަމާއިބެހޭ ބޭފުޅުންނާއި ބައްދަލުކުރެއްވިއެވެ.
މިބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ ކޮމިޓީގެ މުޤައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޟް ރަޝީދު، އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް، ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ އާރިފް އަދި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ އެވެ.
ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވާ މެންބަރުންނަކީ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމް އާއި ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު އެވެ.
4 ޖުމާދަލްއާޚިރު 1433
25 އޭޕްރިލް 2012