ބޭހާބެހޭ ގަވާއިދު، ޤާނޫނު ނަންބަރު 2008/6 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު ގެ ޖަދުވަލް 1) ގައި ހިމެނުމާބެހޭގޮތުން ގަވާއިދު ކޮމިޓީން ދިރާސާކުރައްވާ މައްސަލަ ނިންމެވިގޮތަށް ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ 13 ވަނަ ޖަލްސާގައި މިއަދު ފާސްކުރައްވައިފިއެވެ.
ގަވާއިދު ކޮމެޓީން ނިންމެވިގޮތަށް ފާސްކުރައްވާފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 40 މެންބަރުންގެ އިއްތިފާޤުންނެވެ. ފެނިވަޑައިނުގަންނަވާކަމަށް އެއްވެސް މެންބަރަކު ވޯޓް ދެއްވާފައިނުވާއިރު، 5 މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއްނުވެއެވެ.
މިރިޕޯޓް މިއަދު މަޖިލީހަށް ހުށަހަޅުއްވައިދެއްވީ ގަވާއިދު ކޮމިޓީގެ މުޤައްރިރު ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުޙަންމަދު އެވެ. މިރިޕޯޓުގެ ބަހުސްގެ މަރުހަލާގައި 2 މެންބަރުން ވާހަކަ ދައްކަވާފައިވެއެވެ.
4 ޖުމާދަލްއާޚިރު 1433
25 އޭޕްރިލް 2012