2012 ވަނަ އަހަރު މަސްވެރިންނަށް ސަބްސިޑީގެ ގޮތުގައި ދިނުމަށް 2012 ވަނަ އަހަރުގެ ބަޖެޓްގައި ކަނޑައަޅާފައިވާ 100 މިލިއަން ރުފިޔާ މަސްވެރިންނަށް ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ހުށަހަޅާފައިވާ ކަރުދާސް ދިރާސާކުރެއްވުމަށް ހޮއްވެވި މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީގެ 03 ވަނަ ބައްދަލުވުން ބާއްވައިފި

2012 ވަނަ އަހަރު މަސްވެރިންނަށް ސަބްސިޑީގެ ގޮތުގައި ދިނުމަށް 2012 ވަނަ އަހަރުގެ ބަޖެޓްގައި ކަނޑައަޅާފައިވާ 100 މިލިއަން ރުފިޔާ މަސްވެރިންނަށް ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ހުށަހަޅާފައިވާ ކަރުދާސް ދިރާސާކުރެއްވުމަށް ހޮއްވެވި މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީގެ 03 ވަނަ ބައްދަލުވުން މިއަދު ހެނދުނު 14:30 ން 15:30 އަށް ބާއްވައިފިއެވެ.

މިބައްދަލުވުމުގައި 2012 ވަނަ އަހަރު މަސްވެރިންނަށް ސަބްސިޑީގެ ގޮތުގައި ދިނުމަށް 2012 ވަނަ އަހަރުގެ ބަޖެޓްގައި ކަނޑައަޅާފައިވާ 100 މިލިއަން ރުފިޔާ މަސްވެރިންނަށް ދެވޭނެ އުޞޫލު ކަނޑައަޅުއްވާ ސަބް-ކޮމިޓީގެ ޑްރާފްޓް ރިޕޯޓް މައި ކޮމިޓީއަށް ހުށަހެޅުމަށް ނިންމެވިއެވެ.

މިބައްދަލުވުމަށް ޙާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ ޢާރިފް، އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒްއެވެ.

 

4 ޖުމާދަލްއާޚިރު 1433

25 އޭޕްރިލް 2012