ދެ ގަރާރެއް އަނބުރާ ގެންދަވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 2012 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 12 ވަނަ ޖަލްސާގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު 2 ގަރާރެއް އަނބުރާ ގެންދަވައިފިއެވެ.

އަނބުރާ ގެންދެވުނު 2 ގަރާރަކީ ލާމަރުކަޒީ އުސޫލުން އަތޮޅުތައް ހިންގުމުގެ ބާރުތައް އަތޮޅު ކައުންސިލްތަކަށާއި ރަށުކައުންސިލް ތަކަށް ދީފައިވީނަމަވެސް ޅ.އަތޮޅު ފަޅުރަށްތައް އެކިފަރާތްތަކަށް، އަތޮޅަށް އަދި އެއްވެސް ރަށަކަށް ފައިދާއެއް ނެތް ގޮތުގައި އެކިފަރާތްތަކަށް ދޫކުރަމުންދާ ދިއުން ހުއްޓާލުމަށް އެދި ސަރުކާރަށް ގޮވާލާ ކުރެންދޫ ދާއިރާގެ މެންބަރު އަޙްމަދު މޫސާ 18 އޮކްޓޯބަރ 2011 ގައި ހުށަހެޅުއްވި ގަރާރާއި އ.ދ. ގެ ހިއުމަން ރައިޓްސްއާބެހޭ ހައިކޮމިޝަނަރ ނަވަނެތެމް (ނަވީ) ޕިއްލޭ، އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި، ޤާނޫނުތަކާއި ގަވާއިދުތަކަށް ފުރައްސާރަކޮށް، އިސްލާމްދީނުގެ ޙައްދުތަކާ ދެކޮޅަށް ވާހަކަދައްކައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާ ދެކޮޅުހަދައި ވާހަކަދައްކައިފައިވާތީ، އެކަން ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ކުށްވެރިކުރުމަށް މާވަށު ދާއިރާގެ މެންބަރު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު 28 ނޮވެމްބަރ 2011 ގައި ހުށަހެޅުއްވި ގަރާރެވެ.

މި ދެގަރާރުވެސް އަނބުރާ ގެންދެވީ މަޖިލީހުގެ ގަވާއިދުގެ 79 ވަނަ މާއްދާގައިވާގޮތުގެ މަތިންނެވެ.

03 ޖުމާދަލްއާޚިރު 1433

24 އޭޕްރިލް 2012