މިއަދު 11:32 ން 12:30 ށް ބޭއްވުނު ޤައުމީ ސަލާމަތު ކޮމިޓީގެ ސަބް ކޮމިޓީގެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ބިލުގެ މަސައްކަތް ކުރިއަށް ގެންދަވާފައިވެއެވެ. މިގޮތުން މިބިލުގެ 35 ވަނަ މާއްދާއިން ފެށިގެމް 40 ވަނަ މާއްދާއާ ހަމައަށް ދިރާސާ ކުރައްވާ މެންބަރުންގެ މެދުގައި މަޝްވަރާތައް ކުރުމުގެ މަސައްކަތް ކުރައްވާފައިވެއެވެ.
މިބައްދަލުވުމަށް ހާޟިރުވެވަޑައިގެންނެވި މެންބަރުންނަކީ ކޮމިޓީގެ މުޤައްރިރު ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒު، މަޑަވެލި ދާއިރާގެ މެންބަރު މުޙަންމަދު ނާޒިމްއެވެ.
3 ޖުމާދަލްއާޚިރު 1433
24 އޭޕްރިލް 2012