އިޖްތިމާޢީ ކޮމިޓީގެ 4 ވަނަ ބައްދަލުވުން މިއަދު ބާއްވައިފި

އިޖްތިމާޢީ ކޮމިޓީގެ 2012 ވަނަ އަހަރުގެ 4 ވަނަ ބައްދަލުވުން މިއަދު ހެނދުނު 11:15 ން 12:05 ށް ކުރިއަށްގެންދަވައިފައިވެއެވެ. މި ބައްދަލުވުމަށް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ 11 މެންބަރުން ވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ޤާނޫނު ނަންބަރު 6/94 (ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ޤާނޫނު) އަށް ހުށަހަޅާފައިވާ އިޞްލާޙްތަކާއިއެކު އެކުލަވާލާފައިވާ ބިލާއި މެދު މަޝްވަރާކުރައްވާ އިތުރު މަޢުލޫމާތު ހޯއްދެވުމުގެ ގޮތުން ކޮމިޓީން ވަނީ އިސްލާމިކް މިނިސްޓްރީގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން ކޮމިޓީއަށް ހާޒިރުވެވަޑައިގެން ބޭފުޅުނަކީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒް އައްޝައިޚް މުޙައްމަދު ޝަޙީމް ޢަލީ ސަޢީދު އާއި، މިނިސްޓަރ އޮފް ސްޓޭޓް ފޯރ އިސްލާމިކް އެފެއާރޒް އައްޝައިޚް މުޙައްމަދު ދީދީ އަދި މިނިސްޓްރީގެ މުޝްރިފް މުސާއިދު ޢިއްޒުއްދީން އަދުނާނު އެވެ.

މިބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ ކޮމިޓީގެ މުޤައްރިރު ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަޞީޙް މުހައްމަދު، ވެލިދޫ ދާއިރާގެ މެންބަރު ޢަލީ މުހައްމަދު، ގަމު ދާއިރާގެ މެންބަރު ޔޫސުފް ޢަބްދުލް ޣަފޫރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފް، މާވަށު ދާއިރާގެ މެންބަރު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު، މަނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޠާރިޤް، ފަރެސް މާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބް، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދް އަބްދުލް ޣަފޫރު، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާޤް މުފީދު، ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު އިބްރާހީމް އަދި މަހިބަދޫ ދާއިރާގެ މެންބަރު ރުޤިއްޔާ މުޙައްމަދު އެވެ.