ައްޔިތުންގެ މަޖިލީހުގެ ޤައުމީތަރައްޤީ ކޮމިޓީގެ ސަބް ކޮމިޓީ މިއަދު ބާއްވައިފިއެވެ. މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 11:15 ން 12:45 އަށެވެ.
މިއަދުގެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ތައުލީމުގެ ބިލު ދިރާސާކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ.
މިކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ ކޮމިޓީގެ މުޤައްރިރު އިނގުރައިދޫ ދާއިރާގެ މެންބަރު އަލްފާޟިލް ޙަމްދޫން ޢަބްދުﷲ ޙަމީދު އާއި ތުޅާދޫ ދާއިރާގެ މެންބަރު އަލްފާޟިލް ނާޒިމް ރަޝާދު އެވެ.
ކޮމަންޑޫ ދާއިރާގެ މެންބަރު އަލްފާޟިލް ޙުސައިން ވަޙީދު ހާޒިރުވެވަޑައިގެންފައެއްނުވެއެވެ.
ޖުމާދަލްއާޚިރު 1433
24 އޭޕްރިލް 2012