ސިޔާސީ ޕާޓީތަކަށް މެންބަރުން މިހާރު ނިސްބަތްވެވަޑައިގަންނަވާ ގޮތް މިއަދުގެ ޖަލްސާގައި އިއުލާނުކުރައްވައިފި

ޕީޕީއެމް އަށް ރައްޔިތުންގެ މަޖިލީހުގައި ތަމްޞީލްކުރުމުގެ ޤާނޫނީ ހައިސިއްޔަތު ލިބުމާއިގުޅިގެން، ރައްޔިތުންގެ މަޖިލީހުގައި ސިޔާސީ ޕާޓީތަކަށް މެންބަރުން ނިސްބަތްވެވަޑައިގަންނަވާ އަދަދަށް ބަދަލު އައުމާއި ގުޅިގެން، މެންބަރުން މިހާރު ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ ގޮތް ރައްޔިތުންގެ މަޖިލީހުގެ 2012 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 11 ވަނަ ޖަލްސާ ގައި ރިޔާސަތުން މިއަދު އިއުލާނު ކުރައްވައިފިއެވެ.

އަދަދަށް އައި ބަދަލާގުޅިގެން، މިހާރު މަޖިލީހުގެ މެޖޯރިޓީ ޕާޓީކަމުގައިވާ އެމްޑީޕީ އަށް ނިސްބަތްވެވަޑައިގަންނަވަނީ 32 މެންބަރުންނެވެ. މައިނޯރިޓީ ޕާޓީކަމުގައިވާ ޕީޕީއެމް އަށް ނިސްބަތްވެވަޑައިގަންނަވަނީ 17 ބެންބަރުންނެވެ. ޑީއާރުޕީ އަށް ނިސްބަތްވެވަޑައިގަންނަވަނީ 15 މެންބަރުންނެވެ. ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވަނީ 3 މެންބަރުންނެވެ. ޕީއޭ އަށް ނިސްބަތްވެވަޑައިގަންނަވަނީ 2 މެންބަރުންނެވެ. ޤައުމީ ޕާޓީ އަށް ނިސްބަތްވެވަޑައިގަންނަވަނީ 1 މެންބަރެވެ. އަދި ވަކިޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވަނީ 7 މެންބަރުންނެވެ.

02 ޖުމާދަލްއާޚިރު 1433

23 އޭޕްރިލް 2012