މިއަދު މެންދުރުފަހު 14:01 ން 14:03 ށް ބޭއްވުނު މިކޮމިޓީގެ 6 ވަނަ ބައްދަލުވުމުގައި އަޕީޔޫއިން ހުށަހަޅާފައިވާ މައްސަލައާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ދައުވަތު އެރުވިފައިވާ ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު އާއި މައްޗައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދުދީދީ މަޖިލީހަށް ވަޑައިނުގަންނަވާތީ ބައްދަލުވުން ނިންމަވާލެއްވިއެވެ.
މިބައްދަލުވުމަށް ހާޟިރުވެވަޑައިގެންނެވި މެންބަރުންނަކީ މަތިވެރި ދާއިރާގެ މެންބަރު ޙުސައިން މުޙަންމަދު، ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙުސިން ޙަމީދު، ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު، ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނަޢީމް، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަޙުމީއެވެ.
މިބައްދަލުވުމަށް ހާޟިރުވެވަޑައިނުގަންނަވާ މެންބަރުންނަކީ މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާ، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު، ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒް، އުގޫފާރު ދާއިރާގެ މެންބަރު އަފްރާޝީމް ޢަލީ އެވެ.
ގައްދޫ ދާއިރާގެ މެންބަރު ޒާހިރު އާދަމް ހުންނެވީ ސަލާމުގައެވެ.
2 ޖުމާދަލްއާޚިރު 1433
23 އޭޕްރިލް 2012