11 މެންބަރުންގެ ވަގުތީ ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ބިލަށް މަޖިލީހުން ގެންނެވި އިޞްލާޙުތަކާއެކު މިއަދު ފާސްކުރައްވައިފި

މިއަދު ކުރިއަށް ގެންދެވުނު ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 26 ވަނަ ޖަލްސާގައި، 11 މެންބަރުންގެ ވަގުތީ ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ބިލަށް މަޖިލީހުން ގެންނެވި 63 އިޞްލާޙާއެކު ފާސްކުރައްވައިފިއެވެ.

މިއަދުގެ ސުވާލުގެ ވަގުތުގައި ސަރުކާރުގެ އެހީ ހޯދަން އެދޭ ފަރާތްތަކަށް މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީން ޖަވާބެއްގެ ގޮތުގައި މަދަނާގައި ބައިވެރިވުމަށާއި، ނަމަވެސް ބަލިވެދާނެކަމަށް ބަލާ މަދަނަ ޕްރޮގްރާމްގައި އެޑްވާންސްކޮށް ބައިވެރިނުވާ މީހުނާއިމެދު އަމަލު ކުރުމަށް ތިޔަފަރާތުން ކަނޑައަޅުއްވާފައިވާ އުސޫލަކީ ކޮބައިތޯ އޮޅުންފިލުވައިދެއްވުމުގެ ގޮތުން ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، މިނިސްޓަރ އޮފް ހެލްތް އެންޑް ފެމިލީ ޑޮކްޓަރ އާމިނަތް ޖަމީލާ ކުރައްވާ ސުވާލުކުރެއްވުންއޮތެވެ. މި ސުވާލަށް ވަޒީރު ދެއްވި ޖަވާބާއި ގުޅިގެން އިތުރު ސުވާލުކުރުމުގެ ވަގުތުގެ ތެރޭގައި 10 މެންބަރަކު ސުވާލު ކުރައްވާފައިވެއެވެ.

74 މެންބަރުން ހާޒިރުވެވަޑައިގެންނެވި މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދާއި، ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަލްފާޟިލް އަޙުމަދު ނާޒިމުއެވެ.

މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ 29 އޭޕްރީލް 2010 ވާ ބުރާސްފަތިދުވަހު ހެނދުނު 9 ޖަހާއިރުއެވެ.