ޤައުމީ ސަލާމަތުގެ ސަބް-ކޮމިޓީގެ 6 ވަނަ ބައްދަލުވުން މިއަދު ބާއްވައިފި

ޤައުމީ ސަލާމަތުގެ ސަބް-ކޮމިޓީގެ 6 ވަނަ ބައްދަލުވުން މިއަދު ހެނދުނު 11:15 ން 12:15 އަށް ބާއްވައިފިއެވެ. މި ބައްދަލުވުމުގައި ސަބް-ކޮމިޓީގައި ހިމެނޭ ޖުމްލަ 5 މެންބަރުން ބައިވެރިވެވަޑައިގެންފައިވެއެވެ.

މިއަދުގެ ބައްދަލުވުމުގައި “ޕްރިޒަން އެންޑް ޕެރޯލް ބިލް” އާ ގުޅިގެން ދިރާސާ ކުރައްވާ މެންބަރުންގެ މެދުގައި މަޝްވަރާތައް ކުރުމުގެ މަސައްކަތް ކުރައްވާފައިވެއެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިވާ މެންބަރުންނަކީ އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް، މަޑަވެލި ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް، ގުރައިދޫ ދާއިރާގެ މެންބަރު އިބްރާޙިމް ރިޒާ، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އަދި ހުޅު ހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކްގެ ބަދަލުގައި ވަގުތީ ގޮތުން ހާޒިރުވެވަޑައިގެންނެވި މަނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ތާރިޤް އެވެ.