އިމްތިޔާޒް ކޮމިޓީގެ 5 ވަނަ ބައްދަލުވުން މިއަދު މެންދުރު 14:15 ން 14:48 ށް ކުރިއަށްގެންދަވާފައިވެ އެވެ. މި ބައްދަލުވުމުގައި 5 މެންބަރުން ބައިވެރިވެވަޑައިގެންފައިވެއެވެ.
މިއަދުގެ އިމްތިޔާޒް ކޮމިޓީ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު މޯލްޑިވްސް ޕޮލިސް ސަރވިސް އިން 11 ފެބްރުއަރީ 2012 ވަނަ ދުވަހު ހައްޔަރުކުރައްވާފައިވާތީ ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލައާއި ގުޅޭގޮތުން ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ކޮމިޓީއަށް ޙާޒިރުކޮށް މައުލޫމާތު ސާފުކުރައްވާފައިވެއެވެ.
މިބައްދަލުވުމަށް ހާޟިރުވެވަޑައިގަންނަވާފައި ވަނީ މަތިވެރި ދާއިރާގެ މެންބަރު ޙުސައިން މުޙަންމަދު، ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙުސިން ޙަމީދު، ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު، ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނަޢީމް، އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަޙުމީ އެވެ.