ޢާންމު ކޮމިޓީގެ 2012 ވަނަ އަހަރުގެ 1 ވަނަ ބައްދަލުވުން މިއަދު ހެނދުނު 09:30 ން 10:00 ށް ކުރިއަށްގެންދަވާފައިވެ އެވެ.
މި ބައްދަލުވުމުގައި މަޝްވަރާކުރެއްވީ ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތައް މިދައުރުގައި ކުރިއަށް ގެންދާނެ ގޮތަކާ ގުޅޭގޮތުންނެވެ.
މިބައްދަލުވުމަށް ހާޟިރުވެވަޑައިގެންނެވި މެންބަރުންނަކީ ކޮމިޓީގެ މުޤައްރިރު ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު، މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް، ބާރަށު ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޒް، ދުވާފަރު ދާއިރާގެ މެންބަރު މުޙައްމަދު ޒުބައިރު، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު ޞާލިޙް، ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙުސިން ޙަމީދު، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރު، މާވަށު ދާއިރާގެ މެންބަރު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު އަދި ތިނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޤަސަމް އެވެ.
ބައްދަލުވުމަށް ހާޟިރުވެވަޑައިނުގަންނަވާ މެންބަރުންނަކީ ކެންދޫ ދާއިރާގެ މެންބަރުން އަޙްމަދު ތަސްމީން ޢަލީ އަދި ހިތަދޫ މެދު ދައިރާގެ މެންބަރު މުޙައްމަދު ރަޝީދު އެވެ.
24 ޖުމާދަލްއޫލާ 1433
16 އޭޕްރިލް 2012