“ސްޓްރާޓާ އުޞޫލުން ޢިމާރާތްކުރުމުގެ ބިލު” ގެ ބަޙުސް ކުރިއަށްގެންދަވައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 7 ވަނަ ޖަލްސާގައި އެޖެންޑާ ކުރެވިފައިވާ ނުނިމި ހުރި މަސައްކަތްތަކުގެ ތެރެއިން ސަރުކާރުގެ ފަރާތުން، ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު ހުށަހަޅުއްވާފައިވާ، “ސްޓްރާޓާ އުޞޫލުން ޢިމާރާތްކުރުމުގެ ބިލު” ގެ ބަހުސް ކުރިއަށްގެންދަވައިފިއެވެ.

ސަރުކާރުން “ސްޓްރާޓާ އުޞޫލުން ޢިމާރާތްކުރުމުގެ ބިލު” ހުށަހެޅުމުގެ މަޤްޞަދަކީ، ދިވެހިރާއްޖޭގައި ބިމުގެ ދަތިކަން ހުރިގޮތުން ވަކިވަކި ފަރުދުންނަށް ބިން މިލްކުކުރެވޭނެ ފުރުޞަތު ކުޑަވެފައިވާތީ، އެއްއިމާރަތެއްގައިވާ ވަކިވަކި ފްލެޓްތައް، ވަކިވަކި ފަރުދުންނަށް މިލްކުކުރެވޭނެ މަގުފަހިކޮށްދީ، ވަކިން މިލްކުކުރާ ގޯއްޗެކޭ އެއްފަދައިން، އެފްލެޓްތަކުގައި ދިރިއުޅެ، އެތަންތަން ކުއްޔަށްދީ، އަދި އެނޫންވެސް މުޢާމަލާތްކުރެވޭނެ މަގު ފަހިކޮށްދިނުމެވެ.

މި ބަލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ، 16 އޯގަސްޓް 2011 ގައި ބޭއްވުނު އެ އަހަރުގެ 2 ވަނަ ދައުރުގެ 29 ވަނަ ޖަލްސާގައެވެ. އަދި ދެވަނަ ކިޔުން ފައްޓަވާފައިވަނީ 11 އޮކްޓޯބަރ 2011 ގައި ބޭއްވުނު އެއަހަރުގެ 3 ވަނަ ދައުރުގެ 5 ވަނަ ޖަލްސާގައެވެ.

 

19 ޖުމާދަލްއޫލާ 1433

11 އޭޕްރިލް 2012