ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ކޮމިޓީގެ ބައްދަލުވުން މިއަދު ބާއްވައިފި

މިއަދު ހެނދުނު ބޭއްވުނު ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ކޮމިޓީގެ ބައްދަލުވުމުގައި “ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ ބިލު” ގެ 615 ވަނަ މާއްދާއިން ފެށިގެން 619 ވަނަ މާއްދާގެ ނިޔަލަށް ބައްލަވައި، ބައެއް އިޞްލާހުތައް ގެންނެވިއެވެ.

މިބައްދަލުވުމުގައި މިބިލާގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު ހުސެއިން ޝަމީމް ކޮމިޓީއަށް ޙާޒިރުވިއެވެ.

މިއަދުގެ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިވާ މެންބަރުންނަކީ ކޮމިޓީގެ މުޤައްރިރު ބިލެއްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ، ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު، އުނގޫފާރު ދާއިރާގެ މެންބަރު އަފްރަޝީމް ޢަލީ އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އަލްއުސްތާޛު އިމްތިޔާޒް ފަޙުމީ އެވެ.

ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ ހުންނެވީ ސަލާމުގައެވެ.

 

 

18 ޖުމާދަލްއޫލާ 1433

10 އޭޕްރިލް 2012