ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ކޮމިޓީގެ 03 ވަނަ ބައްދަލުވުން މިއަދު ބާއްވައިފި

ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ކޮމިޓީގެ 03 ވަނަ ބައްދަލުވުން ބާއްވާފައިވަނީ މިއަދު ހެނދުނު 9:35 އިން 10:40 އަށެވެ. މިބައްދަލުވުމުގައި ކޮމިޓީގެ 4 މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި “ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ ބިލު” ގެ 610 ވަނަ މާއްދާއިން ފެށިގެން 613 ވަނަ މާއްދާގެ ނިޔަލަށް ބައްލަވައި ނިންމެވިއެވެ. އެގޮތުން މިއަދުގެ ބައްދަލުވުން ނިމުންއިރު، “ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ ބިލަށް” ތިން އިޞްލާޙެއް ގެނެސްފައިވެއެވެ.

މިއަދުގެ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންނަކީ ބިލެއްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ، ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު އަދި އުނގޫފާރު ދާއިރާގެ މެންބަރު އަފްރަޝީމް ޢަލީ އެވެ.