ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 122 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ މަޤާމަށް ޢައްޔަންކުރައްވަން ނިންމަވާފައިވާ ހ. ޑީންސްވިލާ އަލްފާޟިލް މުޙައްމަދު ވަޙީދުއްދީނުގެ ނަންފުޅާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ) ގެ ދަށުން ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ 14 ބޭފުޅުންގެ ނަންފުޅު ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތީން ރައްޔިތުންގެ މަޖިލީހުން ރުހުން ހޯއްދެވުމަށް ހުށަހެޅުއްވި މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއިން ދިރާސާކޮށް ނިންމެވި ގޮތުގެ ރިޕޯޓްގެ ހުށަހެޅުން 25 އޭޕްރިލް 2012 ވާ ބުރާސްފަތި ދުވަހުގެ މަޖިލީސް ޖަލްސާއަށް އެޖެންޑާ ކުރެއްވުމަށް ނިންމަވައިފިއެވެ.
މަޖިލީހުގެ ރައީސް ވަނީ މިއަދު މި ނިންމެވުން މަޖިލީހުގެ ހުރިހާ މެންބަރުންނަށް ލިޔުމުން އަންގަވާފައެވެ.