އައިޕީޔޫގެ ސެކްރެޓަރީޖެނެރަލް އާއި މަޖިލީހުގެ ރައީސް ބައްދަލުކުރައްވައިފި

އިންޓަރޕާލަމެންޓްރީ ޔޫނިއަން ( އައިޕީޔޫ ) ގެ ސެކްރެޓަރީޖެނެރަލް ހިޒްއެކްސެލެންސީ އެންޑަރސް ބީ ޖޯންސަން އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ބައްދަކުރައްވައިފިއެވެ. އައިޕީޔޫގެ ސެކްރެޓަރީޖެނެރަލް އާއިއެކު މަޖިލީހުގެ ރައީސް ބޭއްވެވި މިބައްދަލުވުމުގައި އައިޕީޔޫ އިން ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް އެކި ރޮނގުރޮނގުން ވެދެއްވަމުންގެންދަވާ އެހީތަކަށްޓަކައި އައިޕީޔޫ އަށާއި ސެކްރެޓަރީޖެނެރަލްއަށް މަޖިލީހުގެ ރައީސް ޝުކުރުދެންނެވިއެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް އައިޕީޔޫގެ ތަފާތު އެހީތައް ރައްޔިތުންގެ މަޖިލީހަށް ލިބިގެންދާނެ ކަމަށް ޔަގީންކުރައްވާ ކަމުގައި މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. މިބައްދަލުކުރެއްވުމުގައި ސެކްރެޓަރީޖެނެރަލް ދެއްކެވި ވާހަކަފުޅުގައި އައިޕީޔޫގެ ތަފާތު ޕްރޮގްރާމްތައް ކުރިއަށްއޮތްތަނުގައިވެސް ރާއްޖޭގައި ހިންގުމަށް ގަސްތުކުރައްވާ ކަމުގައި ވިދާޅުވެ އައިޕީޔޫގެ ފަންނީ އެހީ ރާއްޖެއަށް އަބަދުވެސް ލިބެމުންދާނެ ކަމުގައި ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި މަޖިލީހުގެ ރައީސް އާއި އެކު މަޖިލީހުގެ ވަފްދުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.