ރައްޔިތުންގެ މަޖިލީހުގެ ރައީސް ޔޫގެންޑާގެ ރައީސް އާއި ބައްދަލުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ޔޫގެންޑާގެ ރައީސް ޔޫރީ މުސޮވީނީ އާއި ބައްދަލުކުރައްވައިފިއެވެ. ޔޫގެންޑާގެ ރައީސްގެ ރަސްމީ ގަނޑުވަރުގައި ބޭއްވުނު މިބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި އެކު ރައްޔިތުންގެ މަޖިލީހުގެ ވަފްދުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މިބައްދަކުރެއްވުމުގައި މަޖިލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނާއި މަޖިލީހުގެ ވަފްދުގެ ބޭފުޅުންނާއި ބައްދަލުކޮށްލެއްވުމަށް ވަގުތުކޮޅެއް ދެއްވީތީ ޔޫގެންޑާގެ ރައީސް އަށް ޝުކުރުދެންނެވިއެވެ. އަދި ދެޤައުމުގެ ދެމެދުގައިވާ އެކުވެރި ކަމުގެ ގުޅުމުގެ މައްޗަށް ބައްލަވައިލައްވައި މަޖިލީހުގެ ރައީސް ވާހަކަފުޅުދެއްކެވިއެވެ. ޔޫގެންޑާގެ ރައީސްގެ ވާހަކަފުޅުގައި އެޤައުމުގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުވައިލައްވައި ވާހަކަފުޅުދެއްކެވިއެވެ.