އިންޓަރޕާލަމެންޓްރީ ޔޫނިއަން ގެ ވަފްދެއް މިއަދު ރާއްޖެ ވަޑައިގަންނަވާނެ

އިންޓަރޕާލަމެންޓްރީ ޔޫނިއަން ( އައިޕީޔޫ ) ގެ ވަފްދެއް މިއަދު ރާއްޖެ ވަޑައިގަންނަވާނެއެވެ. އައިޕީޔޫ އިން ރާއްޖެ ވަޑައިގަންނަވާ މިވަފްދުގައި ހިމެނިވަޑައިގަންނަވަނީ ނިއުޒީލަންޑް ގެ ކުރީގެ މިނިސްޓަރެއް ކަމުގައިވާ ދަ ރައިޓް އޮނަރަބްލް ޕޯލް އީސްޓް އާއި އައިޕޫގެ ޑިރެކްޓަރ އޮފް ޕްރޮގްރާމްސް މިސްޓަރ މާޓިން ޗުންގޮންގް އެވެ. އޮނަރަބްލް ޕޯލް އީސްޓް އަކީ ނިއުޒީލަންޑް ގެ ކުރީގެ ޕާލަމެންޓް މެންބަރެއްވެސް މެއެވެ.

އައިޕީޔޫގެ ވަފްދުގެ ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދާއި ބައްދަލުކުރައްވާނެއެވެ. އަދި މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީ ތަކުގެ އިސް ބޭފުޅުންނާއި ސަރުކާރުގެ އިސް ފަރާތްތަކާއި ވެސް މިވަފްދުގެ ބޭފުޅުން ބައްދަލުކުރައްވާނެއެވެ.