ޖަރުމަން ސަރުކާރުން ރާއްޖެ ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަޖިލީހުގެ ރައީސް އާ ބައްދަލުކުރައްވައިފި

ޖަރުމަން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސަލެންސީ މރ. ޔެންސް ޕްލޮޓްނަރ (H.E Mr. Jens Plӧtner) ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް އަބްދުﷲ ޝާހިދުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު މެންދުރު 12:00 ޖެހިއިރު ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި މަޖިލީހުގައި ކުރެވެމުންދާ މަސައްކަތްތަކާއި ރާއްޖޭގެ ސިޔާސީ މަސްރަޙާއި ބެހޭ ގޮތުން މަޝްވަރާތައް ކުރައްވާފައިވެއެވެ. އަދި ޖަރުމަންވިލާތާއި ރާއްޖެއާއި ދެމެދު އޮންނަ ގާތް ގުޅުން ފާހަގަކުރައްވާ، ޖަރުމަންވިލާތުން ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަމަށް މަޖްލީހުގެ ރައީސް ޝުކުރުއަދާކުރައްވާފައިވެއެވެ.