ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް) ގެ ވަފްދު ރައްޔިތުންގެ މަޖިލީހުގެ ރައީސާ ބައްދަލުކުރައްވައިފި

ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް) ގެ ވަފްދު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުއާއި މިއަދު ބައްދަލުކުރައްވައިފިއެވެ. ސީމެގް ގެ މިވަފްދަކީ ރާއްޖޭގެ ސިޔާސީ މަސްރަޙަށް ކުރިމަތިވެފައިވާ މައްސަލަތަކާމެދު މަޝްވަރާކުރެއްވުމަށް ރާއްޖެވަޑައިގެން އުޅުއްވާ ވަފުދެކެވެ.

މިވަފްދުގައި ހިމެނިވަޑައިގަންނަވަނީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އެންޑް ކޮމިއުނިކޭޝަން އޮފް ޓްރިނިޑާޑް އެންޑް ޓޮބޭގޯ އޮނަރަބަލް ޑރ. ސުރުޖުރަތަން ރާމްބަޗަން އާއި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރ ޑރ. ޑީޕޫ މޮނި އާއި އޮސްޓްރޭލިއާގެ ފޮރިން ސެކްރެޓަރީ މރ. ޑެނިސް ރިޗާޑްސަންއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއެކު މިއަދު ބޭއްވުނު މިބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު އަލްއުސްތާޛު އަޙްމަދު މުހަންމަދު އާއި ކޮމަންވެލްތު ސެކްރެޓޭރިއެޓްގެ ޑިރެކްޓަރ އޮފް ޕޮލިޓިކަލް އެފެއަރޒް މރ. އަމިތާވް ބަނެރްޖީ އަދި ކޮމަންވެލްތު ސެކްރެޓޭރިއެޓްގެ އިތުރު ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

 

26 ރަބީޢުލްއައްވަލް 1433

18 ފެބްރުއަރީ 2012