އިންޓަރ-ޕާލިމެންޓަރީ ޔޫނިއަންގެ ބޭފުޅެއް މާދަމާ ރާއްޖެއަށް ޒިޔާރަތް ކުރައްވަން ހަމަޖެހިއްޖެ

ރާއްޖޭގެ ސިޔާސީ މަސްރަޙަށް ކުރިމަތިވެފައިވާ މައްސަލަތަކާމެދު ކަންބޮޑުވުން ފާޅުކުރައްވައި އެކަންތައްތަކާމެދު މަޝްވަރާކުރެއްވުމަށްޓަކައި އިންޓަރ-ޕާލިމެންޓަރީ ޔޫނިއަން (އައި.ޕީ.ޔޫ) އިން އައި.ޕީ.ޔޫ. ގެ ޑިރެކްޓަރ އޮފް ޕްރޮގްރާމްސް މރ. މާޓިން ޗުންގޮންގ ރާއްޖެއަށް ފޮނުއްވަވަންވަނީ ނިންމަވާފައެވެ.

މާދަމާ ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވާ މރ. މާޓިން ޗުންގޮންގ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު އާއި ބައްދަލުކުރެއްވުމުގެ އިތުުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ރާއްޖޭގެ ސިޔާސީ ޕާޓީތަކާއި، ސިޔާސީ އިސް ބޭފުޅުންނާ ބައްދަލުކުރައްވަން ވަނީ ހަމަޖެހިފައެވެ.

އައި.ޕީ.ޔޫ އަކީ ދިވެހިރާއްޖޭގައި ޑިމޮކްރެޓިކް ނިޒާމެއް ޤާއިމުކޮށް ކުރިއެރުވުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ނުހަނު ގިނަ ފަންނީ އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ ޖަމްޢިއްޔާއެކެވެ.

 

 

22 ރަބީޢުލްއައްވަލް 1433

14 ފެބްރުއަރީ 2012