ރައީސުލްޖުމްހޫރިއްޔާ އިސްތިޢުފާގެ ސިޓީ މަޖިލީހުގެ ރައީސަށް ހުށަހަޅުއްވައިފި

ޤާނޫނުއަސާސީގެ 121 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދު، އެމަނިކުފާނުގެ މަޤާމުން އިސްތިޢުފާދެއްވައި، އެކަން ބަޔާންކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު އަށް މިއަދު ސިޓީއަކުން ހުށަހަޅުއްވައިފި އެވެ.

ޤާނޫނުއަސާސީގެ 121 ވަނަ މާއްދާގެ (ހ) ބަޔާންކުރާގޮތުގައި މަޖިލީހުގެ ރައީސަށް ސިޓީ ލިބުމުން ރައީސުލްޖުމްހޫރިއްޔާ އެ މަޤާމުން ވަކިވީއެވެ.

 

15 ރަބީޢުލްއައްވަލް 1433

7 ފެބްރުއަރީ  2012