މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ ބައްދަލުވުން އިތުރަށް ކުރިއަށް ގެންދިއުމަށް ކޮމިޓީގެ މުޤައްރިރަށް ފެނިވަޑައި ނުގަންނަވާތީ ކޮމިޓީ ނިންމަވާލައްވައިފި

މިއަދު މެންދުރުފަހު ބޭއްވުނު، މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ ބައްދަލުވުން ފެށުމަށްފަހު، ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު ނެންގެވި މައްސަލައަކާ ގުޅިގެން ކޮމިޓީ އިތުރަށް ކުރިއަށް ގެންދިއުމަށް ފެނިވަޑައި ނުގަންނަވާތީ ކޮމިޓީގެ މުޤައްރިރު ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު ކޮމިޓީ ނިންމަވާލައްވައިފިއެވެ.

މުޤައްރިރުގެ އިތުރުން، ކޮމިޓީ ނިންމަވާލެއްވިއިރު ކޮމިޓީއަށް ޙާޒިރުވެވަޑައިގެން ތިއްބެވީ ހެންވޭރު ދެކުނުދާއިރާމެންބަރު ހާމިދު ޢަބްދުލްޣަފޫރު، ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް އަލީ، ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު، އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އަދި ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖުތާޒްއެވެ.

13 ރަބީޢުލްއައްވަލް 1433

5 ފެބްރުއަރީ2012