ސަލާމަތި ޚިދުމަތްތަކާބެހޭ ކޮމިޓީގެ ބައްދަލުވުން ކޯރަމް ހަމަނުވުމުގެ ސަބަބުން ނިންމަވާ ލައްވައިފި

މިއަދު ހެނދުނު ބޭއްވުމަށް ހަމަޖެހުނު ސަލާމަތި ޚިދުމަތްތަކާބެހޭ ކޮމިޓީގެ ބައްދަލުވުން ކޯރަމް ހަމަނުވުމުގެ ސަބަބުން ނިންމަވާ ލައްވައިފިއެވެ.

ކޮމިޓީގެ މުޤައްރިރު މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، ކޮމިޓީ ނިންމަވާލެއްވިއިރު ކޮމިޓީއަށް ޙާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންނަކީ ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު، ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު، ވެލިދޫ ދާއިރާގެ މެންބަރު ޢަލީ މުޙަންމަދު އަދި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙަންމަދު ޞާލިޙްއެވެ.

 

13 ރަބީޢުލްއައްވަލް 1433

5 ފެބްރުއަރީ 2012