މިއަދު ބޭއްވުނު މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ ބައްދަލުވުން ކުރިއަށް ގެންދެވުނީ މެންދުރު 13:00 ން މެންދުރު 14:35 އަށެވެ.
މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވުނީ ކުރިމިނަލް ކޯޓްގެ އިސް ޤާޒީ ޢަބްދުﷲ މުޙައްމަދުގެ މައްސަލާގައި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ 3 މެންބަރުންކަމުގައިވާ ކަނޑިތީމު ދާއިރާގެ މެންބަރު މުޙަންމަދު ޙުސައިން އާއި މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް އަލީ އަދި ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ސޮއި ކުރައްވާ 29 ޖެނުއަރީ 2012 ވަނަ ދުވަހު މި ކޮމިޓީއަށް ހުށަހެޅުއްވި މައްސަލައާއި ގުޅިގެން ކޮމިޓީން ނިންމަވާފައިވާ ގޮތުގެމަތީން ހިއުމަންރައިޓްސް ކޮމިޝަންއާ ބައްދަލު ކުރެއްވުމެވެ.
މިބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ހެންވޭރު ދެކުނު ދާއިރާމެންބަރު ހާމިދު ޢަބްދުލްޣަފޫރު، ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު، ކަނޑިތީމު ދާއިރާގެ މެންބަރު މުޙަންމަދު ޙުސައިން، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް އަލީ، ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު، އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ، ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖުތާޒު، ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އަދި ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ އެވެ. މުލަކު ދައިރާގެ މެންބަރު އަބުދުﷲ ޔާމީން ހުންނެވީ ސަލާމްގައެވެ.
8 ރަބީޢުލްއައްވަލް 1433
31 ޖެނުއަރީ 2012